މިރޭ ޕޮޒިޓިވްވީ 116 މީހުން، ދިވެހިންގެ ޢަދަދަކީ 77

ރާއްޖެއިން އިތުރު 116 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މިއަދު ޕޮޒިޓިވްވި މީހުގެތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަންގްލަދޭޝްގެ 27 ސްރީ ލަންކާގެ 6 މީހަކާއި އިންޑިއާގެ 5 މީހަކާއި ނޭޕާލް މީހެކެވެ. އެއީ އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 111 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 5 މީހެކެވެ.

މިހާތަނަށް 5157 މީހަކަށް ރާއްޖެއިން ކޯވިޑް-19 ޖެހިފައިވެއެވެ. އޭގެތެރެއިން މިވަގުތު ބައްޔަށް ފަރުވާދެމުންދަނީ 2303 މީހުންނަށެވެ. އެއީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ 145 މީހުންނާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާ 1452 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 31 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި 89555 ސާމްޕަލް ނަގާފައިވެއެވެ. މިހާތަނަށް މިބަލިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދަކީ 2835އެވެ. އެއި މިރޭ ރަނގަޅުވި 31 މީހުންނާއެކުއެވެ.

މިހާތަނަށް ރާއްޖެއިން މިބަލީގައި 19 މީހަކުވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު