މިއަދު 143 މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް

މިއަދު 143 މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ހާމަކުރެއްވިގޮތުގައި މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ، 143 އެވެ. އެއީ ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)އިން ޕޮޒިޓިވްވި 140 މީހުންނާއި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި 3 މީހުންނެވެ. އެއީ 107 ދިވެހިންނާއި، ބަންގްލަދޭޝްގެ 28 މީހަކާއި އިންޑިއާގެ 6 މީހަކާއި ނޭޕާލް 2 މީހުންނެވެ.

މިއާއެކު މިހާތަނަށް ޖުމުލަ 5041 މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އޭގެތެރެއިން މިހާރު މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ2218 އެވެ. އެއީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ 140 މީހުންނާއި، އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާ 1478 މީހުންނެވެ.

މިހާތަނަށް 19 މީހުން މިބަލީގައިވަނީ ރާއްޖެއިން ނިޔާވެފައެވެ. މިބަލި ޖެހުނު މީހުންގެތެރެއިން މިހާތަނަށް ރާއްޖެއިން ރަނގަޅުވެފައިވަނީ 2840 މީހުންނެވެ. މިއަދު ރަނގަޅުވީ 13މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު