ރިލްވާނު މަރާލިތާ 6 އަހަރު! އިންސާފެއް ނުލިބުނު!

މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލުވާން ވަގަށް ނަގައިގެން ގެންގޮސް އޭނާ މަރައިލިތާ މިއަދަށް 6 އަހަރު ފުރުނީއެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭގޭ މަރުތައް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރި އެވެ.
އެ ރި ޕޯޓުގައި ބުނެފައިވަނީ ރިލްވާން ވަގަށް ނަގައިގެން ގޮސް ކަންނެލި ދޯންޏެއްގައި އޭނާ މަރާލިކަމަށެވެ.
ރައީސް ސާލިހާއި ކޯލިޝަން ވެރިކަމުން ދިވެހި ރައްޔިތުންނަށް ވެފައިވާ އެންމެ މުހިންމު އެއް ވައުދަކީ ވެސް ރިލްވާންގެ މަރުގެ ހަގީގަތް ހޯދައި އިންސާފު ގާއިމް ކޮށްދިނުމެވެ.
"އަދުގެ ސަރުކާރު ވެރިކަމަށް އައީ ރިލްވާނާއި ޔާމިން ރަޝީދާއި މިފަދަ ބޭފުޅުންގެ އާއިލާ މީހުންނަށް އިންސާފު ހޯދައި ދެއްވާނެކަމަށް ވިދާޅުވެ. މި މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ގާއިމް ކުރުން އެންމެ ފުރަތަމަ ކަމަކަށް ވާންޖެހޭނެ،" -ކަން ބޮޑުވާ ފަރާތެއް-
ނަމަވެސް މިއަދާ ހަމައަށްވެސް މި މައްސަލައިގައި އިންސާފު ގާއިމުކުރެވިފައެއް ނުވެއެވެ.
ރިލްވާނުގެ އާއިލާ މީހުންނާއި ރަހުމަތްތެރިން އަދި ހެޔޮ އެދޭ މީހުންނާއި އެކަމުގައި ކަންބޮޑުވާ މީހުންގެ ހިތައް ތަސައްލީއެއް ލިބޭ ފަދަ އިންސާފެއް އަދި ހަމަ ގައިމުވެސް ގާއިމެއް ނުވެއެވެ.
