ބީއެމްއެލް އިން އަލައިކާގެ އެކައުންޓުން ފައިސާތަކެއް ނަގައިފި

ރައްޔިތުންގެ ބޭންކުގެ ނަމުގައި ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުން ދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މއ ތަބައްގޭ އާޝިޔަތު އަލައިކާ އަދުނާންގެ އެކައުންޓުން ފައިސާތްކެއް ނަގައި އެ ފައިސާތައް އަނބުރާ ނުދިން މައްސަލަ ފެންމަތިވެއްޖެއެވެ.

މި މައްސަލައިގައި އަލައިކާ ބުނެފައިވަނީ، އޭނާގެ ކްރެޑިޓް ކާޑުން އޮގަސްޓު މަހު ފައިސާ ދައްކާފައިވަނިކޮށް ދެ ވަނަ ފަހަރަށް ފައިސާގެ އަދަދެއް ކަނޑާފައިވާ ކަމަށެވެ. އަދި އެއީ ބޭންކުގެ މައްސަލައެއް ކަމަށް ބުނި ނަމަވެސް އެ ފައިސާ އަނބުރާ ނުދީ ގިނަ ދުޗަސްތަކެއް ވެފައިވާކަމަށެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރުން ބޭންކުން އެދިފައިވަނީ އަލައިކާގެ އައިޑީކާޑުފަދަ ޒާތީ މައުލޫމާތު ފޮނުވައި ދިނުމަށެވެ.

ނަމަވެސް އެ މައްސަލައިގައި އޭނާ ބުނެފައިވަނީ 12 ވަރަކަށް ފަހަރު އެ މައުލޫމާތު ބީއެމްއެމްއެލް އާއި ފާއިތުވީ ދެ ތިން ދުވަހުގެ ތެރޭގައި ހިއްސާކޮށްފައިވާ ކަމަށެވެ.

"ގުޅަައިގެން 12 ވަރަކަށް ފަހަރު އައިޑީކާޑާއި ގުޅޭނެ ނަންބަރު ދީފައިވާނީ. ތިން ދުވަސް ވެއްޖެ. އަހަރެންގެ އެކައުންޓު މިހާރު ވަނީ ޑެފިސިޓް ވެފަ،"  -އަލައިކާ-

އަލައިކާ އަކީ ރައްޔިތުންގެ 19 ވަނަ މަޖިލީހުގައި އެމްޑީޕީ ޓިކެޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރި ކެނޑިޑޭޓެވެ.

ޕްރައިމަރީގައި 267 ވޯޓު ނަޝީދު ހޯދި އިރު އަލައިކާއަށް ލިބިފައި ވަނީ 52 ވޯޓެވެ.

ބީއެމްއެލް އަކީ މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭ ބޭންކެއް ނަމަވެސް އެ ބޭންކަކީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދިމާވާ މިފަދަ މައްސަލަތަކުގައި ފަރުވާ ކުޑަ ބޭންކެކެވެ.

ދިވެހިންގެ ބޭންކުގެ ނަމުގައި ބީއެމްއެލް ހިންގި ނަމަވެސް އެ ބޭންކަކީ ދިވެހިންނަށް އެންމެ ބޮޑު އިންޓަރެސްޓުގައި ލޯނު ދޫކޮށް ދިވެހި އެތައް ބަޔަކު އިދަ ޖައްސަމުން ވެސް އަންނަ ބޭންކެކެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ނިޘާތު

    ބީ އެމް އެލް އުވާާލާ