ކެބް އެމްވީ' ގެ ފަރާތުން ހުރިހާ ޓެކްސީތަކެއް ޑިސް އިންފެކްޓު ކުރުމުގެ ހިދުމަތް ފަށައިފި

އަންގާރަ ދުވަހުން ފެށިގެން 'ކެބް އެމްވީ' ގެ ފަރާތުން ހުރިހާ ޓެކްސީތަކެއް ޑިސް އިންފެކްޓު ކުރުމުގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ފަށާފައިވަނީ، ރާއްޖޭގައި ވެސް ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ހިދުމަތް ދެމުން ގެންދާނީ އެއްވެސް ފީއަކާއި ނުލައި ހިލޭ ސާބަހަށް ކަމަށް 'ކެބް އެމްވީން' ބުނެއެވެ. ހިދުމަތް ހޯދުމަށް ކޮންމެ ވެހިކަލެއް ވެސް އެ ސެންޓަރު ކައިރިއަށް އައުމުން ޑިސް އިންފެކްޓު ކޮށް ދޭނެކަމަށް އެ ސެންޓަރުން ބުނެއެވެ.

'ކެބް އެމްވީ' ގެ ސެންޓަރުގައި ނުހިމެނޭ، ޓެކްސީގެ ހިދުމަތް ދޭ ވެހިކަލްތައް ވެސް ޑިސް އިންފެކްޓު ކުރުމުގައި ދަތިތަކަކާއި ކުރިމަތިވާނަމަ، ސެންޓަރާއި ވާހަކަ ދެއްކުމުން އެ ވެހިކަލްތަކަށް ޑިސް އިންފެކްޓު ކުރުމުގެ ހިދުމަތް ދެމުން ގެންދާނެކަމަށް އެ ސެންޓަރުން ބުނެއެވެ.

ކެބް އެމްވީއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ހިދުމަތް ދޭން ފެށި ސެންޓަރެއް ނަމަވެސް، އެ ސެންޓަރުން އަންނަނީ، ރާއްޖޭގައި ހިދުމަތްދޭ އެހެން ސެންޓަރުތަކާއި ވާދަކޮށް ޒަމާނީ ހިދުމަތެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ޑްރައިވަރުންނާއި، ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތެއް ފޯރުކޮށް ދިނުމުގެ ގޮތުން އޮންލައިން އެޕްލިކޭޝަން 'ފަހި ކެބް' މެދުވެރިކޮށް، ދިވެހިރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށްް އަންނަނީ ހިދުމަތް ދެމުންނެވެ.

އެގޮތުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، މާލޭ ސިޓީ އަދި ލ އަތޮޅަށް 'ފަހި ކެބް' ގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ

ކިޔުންތެރިންގެ ހިޔާލު