ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް ދަޢުވާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިހާދު ނުޙައްޤު މުއްސަނދިކަން ހޯއްދަވާފައިވާކަމުގެ ތުހުމަތުގައި ބަދަހޯދަން ދައުލަތުން ދަޢުވާކޮަށްފިއެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން "ރެހެންދި 3" ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދިންކަމަށާ، ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ އެތަން ބޭނުން ކުރައްވަމުން ގެންދެވިކަމަށެވެ. އޭނާ އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައިކަަމަށްވެސް އެބަޔާނުގައި ވެއެވެ.

ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިހާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1109227.36 (އެއްމިލިއަން އެއްލައްކަ ރުވަހާސް ދުވިސައްތަ
ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ވާނީ ދަޢުވާ ހުށަހަޅާފައިކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު