ސައިކަލު ޖެއްސީ ކުރީގެ ލޯބިވެެރިއާ އެހެން މީހަކާއެކު ދާތީ

ރޭ ޕީޓްެރަލް ހޮޓާކައިރިން ދެ ސައިކަލު ޖައްސައިގެން ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްވަނީ މަރުވެފައެވެ.

ޕީޓްރަލް ސަރަހައްދުން ބުރުޒުމަގުގައި ރޭ ހިނގި އެކްސިޑެންޓަކީ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށާއި މި އެކްސިޑެންޓްގައި މަރުވީ ގަސްދުގައި ސައިކަލް ޖެއްސި ޒުވާނާ ކަމަށް ފުލުހުންބުނެއެވެ.

ފުލުހުން އެ ބުނާ ޒުވާނާއަކީ ހ. ބްލޫބާޑުގޭ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތު އެވެ.

އޭނާ އެކްސިޑެންޓުކޮށްލީ މިދުހަތުގެ ކުރީގެ ލޯބިވެރިއާ ލަމްހާ އެހެން ފިރިހެންކުއްޖަކާއެކު ސައިކަލުގައި ދާތަން ފެނުމުންކަމަށް މައުލޫމާތު ލިބެއެވެ.

މިދުހަތު މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް ރޭ މެންދަމު އައިޖީއެމްއެޗުގައެވެ.

މީނާއަކީ މިނޫންވެސް ސީރިއަސް ކުށެއްގެ ތުހުމަތުކުރެވޭ މީހެކެވެ.

މަރުވި މިދުހަތަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒަށް ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު