ދެއަހަރު ނުވާ ކުއްޖާއަށް ޖިންސީ އަނިޔާދިން ކާފައާއި މުނިކާފަގެ މައްޗަށް ދަޢުވާ އުފުލައިފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ޢުމުރުން އެންމެ ދެއަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އެކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް މައްޗަށް ދަޢުވާއުފުލައިފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ގއ.ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ.ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށް ދަޢުވާ އުފުލާފައިވާކަން ހާމަކުރައްވައި  ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ކުރެއްވި ޓްވިޓުގައި ވަނީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 15ވަނަ މާއްދާގެ (ހ)އާއި ޙަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން، ޢާއިލާގެ މެންބަރަކު އެޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ މިދެމީހުންގެ މައްޗަށްކޮށް ކްރިމިނަލްކޯޓަށް ފޮނުވާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު