ކޮމަންވެލްތުގައި އަލުން ދިވެހި ދިދަ

ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި އަނެއްކާވެސް ރާއްޖެ ހިމަނައި ކޮމަންވެލްތު މައި އިދާރާގައި ދިވެހި ދިދަ ނަގައިފިއެވެ.

އަނެއްކާވެސް ކޮމަންވެލްތުގެ މެމްބަރެއްގެގޮތުގައި ރާއްޖެ ރަސްމީކޮށް ހަމަޖެހުނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ނަންގަވައިދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ކޮންމަންވެލްތްގެ ސެކެރެޓަރީ ޖެނެރަލާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ބައިވެރިވެވަޑައިގަތެވެ.

ރާއްޖެ އެންމެފުރަތަމަ ކޮމަންވެލްތުގެ މެމްބަރަކަށް ވީ 1982ވަނަ އަހަރު ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައެވެ.

އެތައް އަހަރަކު ކޮމަންވެލްތުގެ މެމްބަރެއްގެގޮތުގައި އޮތުމަށްފަހު 2016ވަނަ އަހަރުގެ އޮކްޓޯބަރ 13ވަނަ ދުވަހު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖެވަނީ ކޮމަންވެލްތުން ވަކިވެފައެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވުމާއެކު އެނިންމުން ބަދަލުކޮށް ރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ހުށަހެޅިއެވެ. މިގޮތަށް ހުށަހެޅީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6ވަނަ ދުވަހުގައެވެ. 

ކިޔުންތެރިންގެ ހިޔާލު