ރާއްޖޭގެ އުތުރަށް ކުރީ ބިންހެލުމެއްގެ އަސަރު!

ރޭ މެންދަމު ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ކުރި ލޮޅުމެއްގެ އަސަރަކީ ބިންހެލުމެއްގެ އަސަރުކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ މިބިންހެލުން އައީ ރާއްޖޭގެ ހއ.އަތޮޅުގެ ދިއްދޫއާ 47.2 މޭލު ބޭރުން ކަނޑުގެ އަޑިއަށް ކަމަށެވެ.  4.5 މެގްނިޓިއުޑުގެ ބާރުމިނުގައި އައި މިބިންހެލުމުގެ އަސަރު ދިއްދޫގެ އިތުރުން އުތުރުގެ ބައެއް ރަށްރަށަށްވެސް ކޮންމެވެސް ވަރަކަށް ކުރިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނާގޮތުގައި މި ލޮޅުމުގެ އަސަރު ބައެއް ރަށްރަށް ކުރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ ރާއްޖޭ ގަޑިން ރޭ ދަންވަރު 1:47 ހާއިރުއެވެ.

 

ކިޔުންތެރިންގެ ހިޔާލު