މަޖިލިސް މެމްބަރުންގެ ބަސް "ޝިދާތާ އިސްއުފާ!"

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް – ފޮޓޯ: ޕީއެސްއެމް

މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު އިހުމާލުވެވަޑައިގެންފިކަމަށާ، މަސްއޫލިއްޔަތު އަދާ ނުކުރައްވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.

މެމްބަރުން މިގޮތަށް ގޮވާލެއްވީ، ޖިންސީ އަނިޔާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފައިވާ، ދަރުމަވެރިޔާ އަޙްމަދު ހިޝާނުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެނގޭއިރު އަދި އެމަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސުން ޖެންޑަރ މިނިސްޓްރީއަށް އަންގާފައިވަނިކޮށް އެކަމާމެދު އަޅަންޖެހޭ ފިޔަވަޅު ނޭޅި މައްސަލާގައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

މި މައްސަލައާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިދާތާގެ އިސްތިއުފާއަށް އެންމެބޮޑަށް ގޮވާލެއްވީވެސް މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެންބަރުންނެވެ.

ހިޝާންގެ މައްޗަށް ކުރިންވެސް ޖިންސީ ގޯނާގެ ތުހުމަތުކުރެވޭކަމާއި އެކަން ޖެންޑަރ މިނިސްޓްރީއަށްވެސް އެނގޭކަން ހާމަވީ ހިޝާނާއެކު ދިރިއުޅެމުން އަންނަ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ހޯދުމަށް އޭނާ ހައިކޯޓަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައެވެ. އޝަރީއަތުގެ މަޖިލީހުގައި ހާމަވެފައިވަނީ ހިޝާންއަށް އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުކަން ދިންއިރުވެސް، ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން ފުލުހުންވަނީ ޖެންޑާގެ ސަމާލުކަމަށް ގެނެސްފައިކަމެވެ.

ކިޔުންތެރިންގެ ހިޔާލު