ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިިފިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިރެއިން ފެށިގެން މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހުއެވެ.

ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް 982 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު