ކުޑަކުދިންނަށް ޖިންސީ ގޯނަކުރުން "ޖިނާޢީ ބޮޑުކުށަކަށް"!

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ "ޖިނާޢީ ބޮޑު ކުށެއް"ކަމަށް ކަނޑައަޅައި ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

ޖިނާއީ އިޖުރާއަތު ޤާނޫނަށް މިއިސްލާޙު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. ޖިނާއީ ބޮޑެތި ކުށުގެ ގޮތުގައި، ޖިނާއީ އިޖުރާތު ޤާނޫނުގައި މިހާރުވެސް 11 ކުށެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މީހުން މެރުން، އިންތިޒާމުކޮށްގެން ހިންގާ ބޮޑެތި ޖިނާއީ ކުށް، ޓެރަރިޒަމްގެ ކުށް، މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް ފަންޑުކުރުން، މީހުން ޓްރެފިކްކުރުން، މަސްތުވާތަކެތި ޓްރެފިކްކުރުން، ވައްކަންކުރުން، ޓެކުން، ޚިޔާނަތް، އަދި މަކަރާއި ޙީލަތުގެތެރެއިން 100,000 ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކެވެ.

މީގެއިތުރުން ކޮރަޕްޝަނާއި ގޭންގު ކުށާއި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުމުގެ ކުށާއި ދައުލަތުގެ އިސްތިޤުލާލާއި މިނިވަންކަމަށް ގެއްލުންވާ ޢަމަލު ހިންގުންވެސް ހިމެނެނީ ޖިނާޢީ ބޮޑެތި ކުށްކުށުގެތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު