އިނގިރޭސިވިލާތް އީޔޫއިން ވަކިވެއްޖެ

މިރޭ އިނގިރޭސިވިލާތުގެ ގަޑިން 23:00 ވުމާއެކު އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވެއްޖެއެވެ.

އީޔޫއިން ވަކިވުމަށް އިނގިރޭސިވިލާތް ނިންމީ 2016ވަނަ އަހަރު ނެގި ޢާންމު ފެންނަ ނުފެންނަ ވޯޓަކަށްފަހުއެވެ. މިކަމުގެ ބަހުސްތަކަކާއެކު އެޤައުމުގެ ސިޔާސީ މަސްރަޙު ވަރަށްބޮޑަށް ހަލަބޮލިވިއެވެ. ބޮޑުވަޒީރުގެ ތެރީސާ މޭއި މަޤާމުން އިސްތިޢުފާދެއްވީ މިހަލަބޮލި ކަމުގެ ތެރެއިންނެވެ.

އީޔޫއިން ވަކިވުމަށްފަހު 2020ވަނަ އަހަރުގެ ނިޔަލަށް އިންތިޤާލީ މުއްދަތެއް ކަނޑައެޅިފައިވެއެވެ. އީޔޫގެ ޤައުމުތަކާއެކު އެކިކަހަލަ ޚާރިޖީ ގުޅުންތައް އުފެއްދުމާއި، ގުޅުން ޤާއިމުކުރުމުގައި މިމުއްދަތުގެ ތެރޭގައި މުހިންމު ނިންމުންތަކެއް އިނގިރޭސިވިލާތުން ނިންމާނެއެވެ.

އިނގިރޭސީން އީޔޫއިން މިވަކިވީ 47 އަހަރު އެޖަމާޢަތުގެ މެމްބަރެއްގެގޮތުގައި އޮތުމަށްފަހުއެވެ.  

ކިޔުންތެރިންގެ ހިޔާލު