ޢިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ރޮކެޓް ޙަމަލާތަކެއް ދީފި

ޢިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އާދީއްތަދުވަހު މެންދުރުފަހުގެ ވަގުތެއްގައި ދިން މިޙަމަލާގައި އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ވެފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ. މިޙަމަލާގައި އެ އެމްބަސީއަށް ތިން ރޮކެޓެއް އަމާޒުކޮށްފައިވެއެވެ.

މިއީ ޢިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް މިމަހުގެ ތެރޭގައި ދިން 3ވަނަ ޙަމަލާއެވެ.

ޢިރާޤުގެ ސަރުކާރާދެކޮޅަށް އެޤައުމުގައި ކުރިއަށްދާ މުޒާހަރާތަކާއެކު މިހާރުވަނީ ހަމަނުޖެހުން ބޮޑުވެފައެވެ. ހުއްޓުމެއް ނެތި މުޒާހަރާތައް ކުރަމުންދާއިރު، އެމީހުންގެ އެންމެބޮޑު ރުޅިވެރިކަމެއް އަމާޒުވެފައިވަނީ އެމެރިކާގެ ޞާރު އިރާޤުގައި އޮތް މިންވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު