އަސްކަރީ ކޭމްޕަކަށް ދިން ޙަމަލާއެެއްގައި ޔަމަނު ސިފައިންގެ އެތައްބަޔަކު މަރުވެއްޖެ

ޔަމަނުގެ ހުޅަނގުގެ ސަރަޙައްދެއްގެ އަސްކަރީ ތަމްރީނުދޭ ކޭމްޕަކަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި އެޤައުމުގެ ސަރުކާރު ސިފައިންގެ އެތައްބަޔަކު މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މާރިބް ސިޓީގައި ހިނގި މިޙާދިސާގެ ޒިންމާ ޔަމަނުގެ ރައީސް އެޅުއްވީ އިދިކޮޅު ޙޫޘީ ހަނގުރާމަވެރިންގެ ބޮލުގައެވެ. އެމީހުންނާ ހަނގުރާމަކޮށް ރައްދުގައި ދޭންޖެހިޑާނެ ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ތައްޔާރަށް އޮތުމަށް ޔަމަނުގެ ރައީސްވަނީ އެޤައުމުގެ އަސްކަތިއްޔާއަށް އަންގައި ސަމާލުކަމަށް ނެގެސްފައެވެ.

ބެލެސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެންދިން މިޙަމަލާގައި މަދުވެގެން 73 މީހުން މަރުވެފައިވާކަމަށް މިހާތަނަށް ބެލެވެއެވެ. ޚަބަރުތައް ބުނާގޮތުގައި މިޙަމަލާ އަމާޒުކުރީ މީހުން ނަމާދަށް ޖަމާޢަތަށް އެރިވަގުތާ ދިމާކޮށް މިސްކިތަކަށެވެ.

މިއީ ޔަމަނުގެ އަހުލީ ހަނގުރާމަ ފެށުނުފަހުން މިހާތަނަށް ދިން މިފަދަ އެންމެ ވަރުގަދަ އެއް ހަމަލާއެވެ. ޙަމަލާ އަމާޒުވި މާރިބް ސިޓީއަކީ ސަޢުދީ އަރަބިއްޔާ ލިޑުކުރާ އަދި އެމެރިކާއިން ބާރުދޭ އަސްކަރީ ކޯލިޝަނުގެ ބާރު އޮންނަ ސަރަޙައްދެކެވެ. މިއީ ޙޫޘީ ހަނގުރާމަވެރިންގެ ބާރގެ ދަށުގައި އޮތް ވެރިރަށް ސަންޢާއާ 115 ކިލޯ މީޓަރު ދުރުގައި އޮންނަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު