ސްކައި ހޮލިޑޭސް - ޗުއްޓީ ދަތުރުތަކަށް މާފަސޭހަ މަގެއް!

ޗުއްޓީއަށް އެކިތަންތަނަށް ދަތުރުކުރުމުގައި ޓިކެޓި ގަތުމާއި އަގުހެޔޮ ޚަރަދު ކުޑަ ގޮތަކަށް ދަތުރުގެ ކަންކަން ހަމަޖެއްސުމުގައި ގިނަފަހަރު ދަތިތަކާ ކުރިމަތިވެއެވެ. އެންމެ އުނދަގުވާކަމަކީ ދިވެހިން ދަތުރުކުރާ ހުރިހާ އެއަރލައިނެއްގެ ޓިކެޓި އެއްފުރާޅެއްގެ ދަށުން ލިބެން ނެތުމާއި، ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގު ފަހިވެފައި ނެތުމެވެ.

އެހެންނަމަވެސް "ސްކައި ހޮލިޑޭސް"ގެ ޚިދުމަތާއެކު މިކަން ނިމުމަކަށް އައީއެވެ. ސްކައި ހޮލިޑޭސްއަކީ އެއަރ ލައިންތަކުގެ ޓިކެޓްވިއްކާ ކުންފުންޏެކެވެ. ލިލީމަގުގައި ހުންނަ މުލީއާގޭ ވެހިކަލް ގަރާޖު ކުރިމަތީގައި އެމީހުންގެ އައު އޮފީސް މިހާރުވަނީ ހުޅުވާފައެވެ. އެތަން ހުންނާނީ ގ.ރޯސް ލޭންޑްގެ ދެވަނަ ބުރީގައެވެ. ހެނދުނު 8:00 އިން ރޭގަނޑު 17:00އަށް އެތަން ހުޅުވާފައި ހުންނާނެއެވެ. އޮފީހަށް ދިއުމުގެކުރިން ގުޅާލައިގެން ނުވަތަ ސޯޝަލް މީޑިއާއިންވެސް މަޢުލޫމާތު ސާފުކުރެވިދާނެއެވެ. ލޭންޑް ލައިން ނަމްބަރަކީ 4001100 އެވެ. ހޮޓްލައިން ނަމްބަރަކީ 9400094 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] މިއީ ތިބޭފުޅުންނަށް ޗުއްޓީ ޕްލޭންކޮށްލުމުގައި އެހީތެރިކަން ހޯދިދާނެ މަގެކެވެ.

ރާއްޖޭގެ ޑޮމެސްޓިކާއި އިންޓަނޭޝަނަލް ހުރިހާ އެއަރލައިނެއްގެ ޓިކެޓެއް މިތަނުން ލިބޭނެއެވެ. 2019ވަނަ އަހަރުގެ މާޗް މަހުންފެށިގެން ޚިދުމަތް ދެމުންއަންނަ "ސްކައި ހޮލިޑޭސް"ގެ ޚިދުމަތަކީ ހަމައެކަނި އެއަރލައިންތަކުގެ ޓިކެޓު ވިއްކުމެއް ނޫނެވެ. އަދި މިޚިދުމަތް އެކަނި ދެމުން ދިޔަނަމަވެސް ކުންފުނީގެ ވިސްނުން މާ ތަނަވަހެވެ.

އެކަނި އެކިތަންތަނަށް ދަތުރުކުރާ އަންހެނުންނާއި ދުވަސް މީހުންނަށްވެސް މިއީ ފޮނި އުންމީދަކަށްވާނެއެވެ. މުސްތަޤުބަލުގައި މިކުންފުނިން ދޭން ގަސްދުކުރާ ޚިދުމަތްތަކުގެ ތެރޭގައި ތިބޭފުޅުންގެ ލަގެޖު ފްލައިޓާހަމައަށް ގެންދިނުމާއި ދަތުރަށް ފުރުމާހަމަށް ބޭނުންވާ އެހެނިހެން ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

ސްކައި ހޮލިޑޭސްގެ މާރކެޓިންގ އެންޑް ޕާއާރު މައުޒޫން ވިދާޅުވީ މިފަދަ އެތައް ޚިދުމަތެއް އަދި ކުރިއަށް އޮތީކަމަށެވެ. އޭގެތެރޭގައި ޚާއްސަ ހޮލިޑޭ ޕެކޭޖުތަކާއި ޓްރެވަލް އިންޝުއަރެންސް ހޯދައިދިނުމުގެ ޚިދުމަތްވެސް ހިމެނެއެވެ. ވަރަށް ކުޑަ އަގަކަށް މިފަދަ އެތައް ޚިދުމަތެއްދޭން ތައްޔާރުވަމުންދާއިރު، ސްކައި ހޮލިޑޭސްގެ ރަސްމީ ވެބްސައިޓާއި މޮބައިލް އެޕްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

އަދި އިންސްޓޯލްމަންޓް އުސޫލުން ހޮލިޑޭ ޕެކޭޖުތައް ދޫކުރުމަކީވެސް އަވަސް މުސްތަޤުބަލެއްގައި ކުރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމާ މިއޮތީ ތިބޭފުޅުންގެ ދަތުރުތަކަށް ފަސޭހަ ލުއި ގޮތެއް ފަހިވެފައެވެ. މަޢުލޫމާތު ސާފުކުރައްވަން އަވަހަށް ގުޅުއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު