ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފް މެރުމަށް ޙުކުމްކޮށްފި

ޚިޔާނާތުގެ ކުށް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފު މެރުމަށް އެޤައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މުޝައްރަފްގެ މައްޗަށް ހުކުމް އިއްވީ އޭނާގެ ޣައިރު ޙާޒިރުގައި ޕާކިސްތާނުގެ ކޯޓަކުންނެވެ. ޖަލުޙުކުމެއް ތަންފީޒުކުރައްވަމުންދަނިކޮށް 2013ވަނަ އަހަރު އޭނާވަނީ ބޭސްފަރުވާއަކަށް ޤައުމުން ބޭރަށް ވަޑައިގަތުމަށްފަހު ބޭރުގެ ޙިމާޔަތް ހޯއްދަވާފައެވެ. އޭގެފަހުން އޭނާ ދިރިއުޅުއްވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ ދުބާއީގައާއި އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

ރައީސް މުޝައްރަފްގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި 2007ވަނަ އަހަރު އެޤައުމުގައި ކުއްލި ނުރައްކަލުގެ ޚާލަތު އިއުލާންކޮށް ގާނޫނު ސަސްޕެންޑް ކުރެއްވުމަށްފަހު ކުރެއްވި ކަންތައްތަކާ ގުޅިގެންނެވެ.

މުޝައްރަފްވަނީ 2001އިން 2008ވަނަ އަހަރުގެ ނިޔަލަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވާފައެވެ. މުޝައްރަފް މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ 2008 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު