މަދަނީ ބަސްނޭހުމަކަށް ދާން ނިންމައި އިދިކޮޅު ފަރާތްތައް މަގުމައްޗަށް!

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ދަށުކޯޓުން 5އަހަރު ދުވަހަށް ޖަލަށްލާން ޙުކުމްކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންވަންދެން މަދަނީ ބަސްނޭހުމަކަށްގޮސް ކޮންމެރެއަކު މުޒާހަރާކޮށް އިހުތިޖާޖުކުރަން އިދިކޮޅުފަރާތްތަކުން ނިންމައިފިއެވެ.

މަދަނީ ބަސްނޭހުމަކަށްގޮސް އިހުތިޖާޖުކުރަން ނިންމީ މިރޭގެ ޖޮއިންޓު ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންކަމަށް އިދިކޮޅުފަރާތްތަކުން ބުނެއެވެ.

ގުޅިފައިވާ ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓު ކައުންސިލުގެ ބައްދަލުވުމެއް މިރޭ ބާއްވައި ނުންމާފައިވަނީ މިގޮތަށް މިރެއިން ފެށިގެން ޢަމަލުކުރުމަށެވެ. އެގޮތުން މިރޭ އިދިކޮޅު ފަރާތްތަކުންވަނީ ރައީސް ޔަމީން ބަންދުކޮށްފައި ހުންނެވި މާލޭ ޖަލު ސަރަޙައްދަށް އެއްވެ އަޑުއުފުލާފައެވެ.

މިއެއްވުމުގައި ބައިވެރިވި މީހުންނާއި ފުލުހުންނާދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް ހިނގިއެވެ. އެހެންނަމަވެސް ސްޓަރފޯސްގެ ފުލުހުން ނުކުމެވަނީ އެއްވިމީހުން ޖަލު ކުރިމަތިން ދުރައްޖައްސާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު