ދެބާރުގެ ވެރިން އަބޫދާބީއަށް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަބޫ ދާބީއަށް ފުރާވަޑައިގެންފިއެވެ.

މިއީ އެޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ޒައިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް މަޢުލޫމާތު ލިބެއެވެ. މިދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބޭއްވޭނެ ކަމަށާއި، ދެޤައުމުގެ އިސް ބޭފުުންގެ މެދުގައި މަޝްވަރާކުރައްވަން ހަމަޖެހިފައިވާކަމަށްވެސް ދިވެހި ސަރުކާރުގެ އޮފިޝަލަކާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު