ހަމަނުޖެހުމަކާ ގުޅިގެން ލަންޑަން ބްރިޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

-
ދާދި ދެންމެއަކު ހިނގި ޙާދިސާއަކާ ގުޅިގެން އިނގިރޭސިވިލާތުގެ ލަންޑަނުގެ މަޝްހޫރު ލަންޑަން ބްރިޖު ބަންދުކޮށް ފުލުހުން އެސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.
މިސަރަޙައްދުން ބަޑީގެ އަޑު އިވުނުކަމަށް ބީބީސީގެ ޖާނަލިސްޓަކު ރިޕޯޓުކުރިކަމަށް އެނޫހުން ބުނެއެވެ. އަދި ބައެއް މީހުންނަށް ހާނީއްކަވެގެން ގެންދިޔަ މަންޒަރު ފެނުނުކަމަށްވެސް އެޖާނަލިސްޓު ރިޕޯޓުކޮށްފައިވެއެވެ. އަދި ބްރިޖުމަތީގައި ގްރޫޕެއްގެ ބަޔަކު ތަޅާފޮޅި މަންޒަރު ފެނުނުކަމަށްވެސް ބީބީސީގެ ޖާނަލިސްޓު ރިޕޯޓުކުރިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ލަންޑަން ބްރިޖުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލްކުރުމަށް ފުލުހުންވަނީ ބަޑިޖަހާފައެވެ. މިޙާދިސާގައި ބައެއް މީހުންނަށް ހާނީއްކަވެފައިވެއެވެ. މިހާރު ބްރިޖު ސަރަޙައްދު ފުލުހުންގެ ބެލުމުގެ ދަށުން އޮތީ ބަންދުކޮށްފައެވެ.
