ޝަރީޢަތާ ބީރައްޓެހި ބަޔަކު ގެނައުމަކީ އިސްލާޙުކުރުންތޯ؟ - ޝައިޚް އިލްޔާސް

އިސްލާމީ ޝަރީޢަތާ ބީރައްޓެހި ބަޔަކު ފަނޑިޔާރުންގެ މަޤާމަށް ޢައްޔަންނުކުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.

އޭނާ މިގޮތަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ. ޝައިޚް ވިދާޅުވީ ދައްކާވާހަކައިގެ މަފުހޫމު އޮޅުވާނުލައްވުމަށެވެ. އަދި ޖުޑިޝަރީގެ ހުރި މައްސަލަތައް ހައްލުކުރަން ޖެހޭކަމަށާ،  ނަމަވެސް އިސްލާމީ ޝަރީޢަތާ ބީރައްޓެހި ބަޔަކު ގެނައުމަކީ އިސްލާޙުކުރުންތޯ؟ ޝައިޚްވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޝަރީޢަތާ ބީރައްޓެހި ނޫންބަޔަކު އިޚްތިޔާރުކޮށް ނުފޫޒުން އެއްކިބާވެތިބެގެން މަސައްކަތްކުރުމަށް ޝައިޚް އިލްޠާސް ގޮވާލައްވާފައިވެއެވެ.

އެހެންނަމަވެސް ޝައިޚްގެ ޓްވިޓް އަމާޒުކުރައްވާފައިވަނީ ކޮންބަޔަކަށް ނުވަތަ ކާކަށްކަމަށް ޙާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު