ރަސޫލާގެ ހަޔާތްޕުޅުން ޢިބްރަތް ހާސިލުކޮށް، އެއްބައިވަންތަވުމަށް އެމްއާރުއެމް އިން ގޮވާލައިފި

ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުން ޢިބްރަތް ހާސިލުކޮށް، އެއްބައިވަންތަވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމްއާރުއެމް އިން ގޮވާލައިފިއެވެ.

އެޕާޓީން މިކަމަށް ގޮވާލީ މިއަހަރުގެ ރަބީޢުލްއައްވަލް މަހުގެ ބާރަވަނަ ދުވަހު، ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކިވަޑައިގެން ދުވަހުގެ ގޮތުގައި އެންމެހައި މުސްލިމުން އުފާފާޅުކުރާ ދުވަސްކަމަށްވާތީ އެދުވަހުގެ ތަހުނިޔާ ފޮނުވައި ޢާއްކުރި ބަޔާނެއްގައެވެ.

މިމާތް ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ކީރިތި ރަސޫލާގެ ވަސްމީރު ޒިކުރާއިން އަޅުގަނޑުމެން ޢިބުރަތްތެރި ފިލާވަޅުތަކެއް ޙާޞިލްކުރުންކަމަށާ، އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ހިދާޔަތުގައި އަބަދުމެ ހިފެހެއްޓުމުގެ ޢަޒުމްއާކުރަންޖެހޭކަމަށް އެބަޔާނުގައި ވެއެވެ.

އަދި ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އަޅުގަނޑުމެން ޢިބްރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ ޢުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތައި، އަޅުގަނޑުމެންގެ މެދުގައިވާ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ޞުލްޙަމަޞްލަޙަތު ދެމެހެއްޓުމުގެ މަތިވެރި ޢަޒުމް އިތުރަށް ވަރުގަދަ ކުރަމަށް އެމްއާރުއެމްއިން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު