އަކްޝޭކުމާރުގެ މިކްސްޑް މާޝަލް އާރޓްސް މުބާރާތް: "ކޫޑޯ މޯލްްޑިވެސް" ޓީމުން 2 ރަންމެޑަލް 2 ރިހިމެޑަލް އަދި 1 ލޯ މެޑަލް ހޯދައިފި

"ކޫޑޯ މޯލްްޑިވެސް" ޓީމުން 2 ރަންމެޑަލް 2 ރިހިމެޑަލް އަދި 1 ލޯ މެޑަލް ހޯދައިފިއެވެ.

މިމުބާރާތުގައި ރާއްޖޭގެ ޓީމުން، އަޙުނަފް ޝަފީޤު ރަން މެޑަލް ހޯދާފައިވަނީ "ކޫޑޯ"(ފިޒިކަލް އިންޑެކްސް) ގެ 230 ން ދަށުގެ ބައިންނެވެ. އަދި ނަޖާހު އިބްރާހިމް ރަން މެޑަލް ހާސިލް ކޮށްފައިވަނީ 250 ން ދަށުގެ ބައިންނެވެ.

މިމުބާރާތުގައި އަހުނަފް ރަން މެޑަލް ހޯދާފައިވަނީ، 230ން ދަށުގެ ބައިގައި އިންޑިއާގެ އެތްލީޓަށް ދިމާވި އިންޖަރިއަކާއި ގުޅިގެން މުބާރާތުގައި ވާދަ ނުކުރެވުމުގެ ސަބަބުން ދެން އިން ރާއްްޖޭގެ އެތްލީޓާއި ވާދަކޮށްގެންނެވެ.

ދެވަނަ ރަން މެޑަލް ކަށަވަރު ކުރި ނަޖާހު ރަން މެޑަލް ހޯދާފައިވަނީ 250ން ދަށުގެ ބައިން އިންޑިއާގެ ޤައުމީ ޓީމުގެ ކުޅުންތެރިއަކާއި ވާދަަކޮށް ފުރަތަމަ ބުރުގައިި އެއްވަރުވުމުން ދެވަނަ ބުރަކަށް ގޮސްގެންނެވެ.

އޮކްޓޯބަރ 22 އިން 24 އަށް ގުޖުރާތުގައި ކުރިޔަށް ދިޔަ މި މުބަރާތުގައި 5200 އެތުލީޓުން މިއަހަރު ބައިވެރިވެފައިވެއެވެ. މި މުބާރާތަކީ އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް މާޝަލް އާރޓްސް މުބާރާތެވެ. މިމުބާރާތުގައި އިންޑިއާ، ސްރީ ލަންކާ އަދި ދިވެހިރާއްޖޭ ގެ އެތްލީޓުންތަކެއް ވާދުކޮށްފަިވެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ޓީމާއެކު ބައިވެރިވި ސްރީލަންކާގެ އެތްލީޓެއް ވަނީ 260ން ދަށުގެ ބައިން ރިހި މެޑަލް ހޯދާފައި ކަމަށް ކޫޑޯ މޯލްޑިވެސްގެ ޓީމުން މައުލޫމާތު ދީފައިވެއެވެ.

މުބާރާތުގައި ރާއްޖެއިން ރިހި މެޑަލް ހޯދި ހުސެއިން ޒިލާލް ރިހި މެޑަލް ހޯދާފައިވަނީ 240ން ދަށުގެ ބައިންނެވެ. ލޯމެޑަލް ލިބުނު އަބްދުﷲ ފިރުޝާން ވާދަކޮށްފައިވަނީ 240ން ދަށުގެ ބައިގައެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމުގައި ކޫޑޯ މާލެ ބްރާންޗްގެ 2 އެތުލީޓުން، ޝާކްސް މާޝަލް އާރޓް އެކަޑަމީގެ 2 އެތްލީޓުން އަދި ޝީން އަޓެމީ މޯލްޑިވްސްގެ 1 އެތްލީޓަކު ހިމެނެއެވެ.

ކޫޑޯ ގެ ހުނަރުން ފައްކާވެފައިވާ މި ޓީމް މިދިޔަ 2 މަސް ދުވަހު ވަރަށް ވަރުގަދަޔަށް ޓްރެއިނިންގްތައް ކުރިއަށް ގެންގޮސް މުބާރާތައް ތައްޔާރުވެފައި ވާކަމަށް "ކޫޑޯ މޯލްޑިވްސް" އިން ބުނެފައިވެއެވެ.

ބޮލީވުޑްގެ މަޝްޙޫރު ފިލްމީތަރި އަދި މާޝަލް އާރޓްސްޓް އަކްޝޭ ކުމާރު އިންތިޒާމުކުރާ '11 ވަނަ އަކްޝޭ ކުމާރު ކޫޑޯ ޓޯނަމަންޓް' ގައި ބައިވެރިވުމަށް "ކޫޑޯ މޯލްޑިވްސް" ގެ ޓީމެއް އިންޑިއާ އަށް ގޮސްވައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ބައިވެރި ވުމަށް ފަސް ދިވެހި ބައިވެރިންނާއެކު ދެ ކޯޗުން ރާއްޖެއިން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު