އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގައި ހިފި މަޖިލީހުގެ 16 މެމްބަރުން ނަވާރަވަނަ މަޖިލީހުގައި އެބަތިބި

  • ނޫސްވެރިންވެސް ހިޔާނާތުގެ ފައިސާގައި ޖެހިފައިވޭ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގައި ހިފި މަޖިލީހުގެ 16 މެމްބަރުން ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އިންތިހާބުވެފައި އެބަތިބި ކަމަށް މަޖިލީހުގައި އެބަތިބި ކަމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތައް ހާމަކުރުމަށް ދައުލަތުގެ އިދާރާތަށް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ މިއަދު ހާމަކޮށްފިއެވެ.

މިހާރުގެ ސަރުކާރުގައި ތިބި 7 ފަރާތަކަށާއި، 7 ފަނޑިޔާރަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ.

ހިޔާނާތުގެ ފައިސާ މުޅި ދައުލަތުގެ ތެރެގައި ބޭނުންކޮށްފައިވާކަމަށާއި، އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، މަޖިލީސް މެމްބަރުންނާއި، ފަނޑިޔާރުންނާއި، ސިފައިންގެ އިތުރުން، ނޫސްވެރިންނަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ހާމަވާކަމަށް ކޮރަޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބު ކާމިޔާބުކުރުމަށްވެސް އެ ފައިސާ ބޭނުންކޮށްފައިވާކަމަށާއި، މެމްބަރުން ޕާޓީ ބަދަލުކުރުމާއި، 18 ވަނަ މަޖިލީސް އިންތިހާބާއި ގުޅިގެން ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކަށް ނުފޫޒު ފޯރުވުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައިވާކަމަށް އަސްއަދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އަސްއަދު ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުން ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގައި ތިއްބެވި 5 މެމްބަރަކާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިއްބެވި 7 ފަރާތެއްވެސް ހިމެނޭ ކަމަށެވެ. އަދި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ 7 ފަނޑިޔާރަކާއި، ފުލުހުންނާއި، ސިފައިން ހިމެނޭ ގޮތަށް 23 ފަރާތެއް މިފައިސާގެ ބޭނުންކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ނެގުނު ބައެއް މުހިންމު ވޯޓުތަކުގައި ވަކި ގޮތަށް ވޯޓުލުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައިވާކަމަށްވެސް އަސްއަދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު