ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ފަތުހުﷲ ނަން މަޖިލިސް ތަޅުމަށް

-
ހުސްވެފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މީރާގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަން ދެއްވި 2 ބޭފުޅުންނާ ކޮމިޓީން އިންޓަރވިއުކޮށްފައިވެއެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފައިވަނީ ފަތުހުﷲގެ ނަން އެކަންޏެވެ.
ފަތުހުﷲ އަކީ މީރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު މަސައްކަތްކުރަނީ ދިރާގުގައެވެ.
