ކުންފުނިތަކަށް ބަދަލުދޭމައްސަލަ އޭސީސީން ބަލަނީ

އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާދިނުމަށް ސަރުކާރުން ނިންމައި ބަދަލުދޭ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުޤީގު ކުރަމުންދާކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިކަން ހާމަކުރެއްވީ އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ދައުލަތުން ބަދަލުދިނުމާގުޅޭ މައްސަލަތައް ކޮންމެހެން ބަލަންޖެހޭ މުހިންމު މައްސަލައެއްގެގޮތުގައި އެކޮމިޝަނުން ބަލަމުން އަންނަކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށްބަލާއިރު މި ސަރުކާރުން ވެރިކަމާ ހަވާލުވީފަހުން  ބަދަލުގެ ގޮތުގައި ބިލިއަނެއްހައި ރުފިޔާވަނީ އެކި ފަރާތްތަކަށް ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު