ކޯލާ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާ

  • އަޖީއެމްއެޗްގެ އިމަޖެންސީގައި ފިހިގެން 5 މީހަކަށް އަންނަނީ ފަރުވާ ދެމުން

ހޮސްޕިޓަލުން ބައެއް ފަރާތްތަކަށް ފަރުވާ ދެމުން ގެންދޭ.. މިހާތަނަށް ކިތައް މީހުންނަށް އަނިޔާވެފައިވާ ކަމެއް ޔަގީނެއް ނުވޭ.. ގިނަ ބަޔަކު އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށް ޓައިމްސްގެ ނޫސްވެރިޔާ މައުލުމާތުދޭ..

އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުން

އަލިފާން އެއްކޮށް ނިއްވާލެވިފައެއް ނުވޭ..

ކޯލާ ޖެޓީގެ ތެޔެ ބައުޒަރެއްގައި އަލިފާންގެ ހާދިސާއެއް ހިނގައިފިއެވެ.އެމްވީ ޓައިމްސް އަށް މައުލޫމާތު ލިބިފައިވަނީ މިހާދިސާ ހިނގާފައިވަނީ 15:40 އެހާއިރު ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުރަތަމަ ހުޅު ހިފާފައިވަނީ ޖެޓީގައި އޮތް ލޯންޗެއްގައި..

4 ބައުޒަރުގައި ވަނީ ހުޅު ހިފާފައިވަނީ.. ދެބައުޒަރެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

ސަރަހައްދަކީ އަބަދުވެސް މީހުން އުޅޭ ސަރަހައްދެއް ކަމުން ޢާންމުން ވަނީ އަލިފާން ރޯވި ގޮތައް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ސިފައިންނާއި ޢާންމުން ގުޅިގެން ވަނީ އެސަރަހައްދުގައި ހުރި އިތުރު ބައުޒަރުތައް ދުރައް ޖައްސަން ފަށަފާއެވެ.

ޓައިމްސް ގެ ނޫސްވެރިޔާ މައުލޫމާތު ދޭ ގޮތުގައި އަލިފާން މިހާރުވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.

އަދި އަލިފާން މިހާރު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް މައުލޫމާތު ދެއެވެ.

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު