އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައިފި

އަބަދަށްފެހި މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައި އެސަރަޙައްދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އދ ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ފުރަތަމަ ޒިޔާރަތްކުރެއްވީ އަބަދަށް ފެހިމަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތަކީ މިމަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަޙައްދުގެ މިހާރުގެ ޙާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

ކިޔުންތެރިންގެ ހިޔާލު