ޕްރޮފެސާ އުގެއިލް އަށް ސުވާލެއް: މީކާކު؟

ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ދިވެހިރާއްޖޭގެ ޕްރޮފެސާ ހަސަން އުގެއިލް އެވެ.

އުގެއިލްގެ ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީގެ ބޭނުން ދުނިޔޭގެ ގައުމުތަކުގެ ތަހުގީގީ އިދާރާތަކުން ވެސް އަންނަނީ ހިފަމުންނެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަން ( މަރު ކޮމިޝަން) އަށް ޑރ. އަފްރާޝީމްގެ އަލީގެ އަދި ނޫސްވެރިއާ އަހުމަދު ރިލްވާންގެ މައްސަލައިގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މީގެ ކުރިން ވެސް އުގައިލް ވަނީ ވިދާޅުވެފައެވެ.

އެހީތެރިކަން ފޯރުކޮށްދޭނަމަ އެ ވަގުތު މިއަދު މިވަނީ އައިސް ޖެހިފައެވެ.

މަރު ކޮމިޝަނުން މިއަދު މިވަނީ ވީޑިއޯއެއް އާންމުކޮށް އެއީ ކާކުކަން ދެނެގަތުމަށް އެހީތެރިކަމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

  1. މޮޔަ

    ތި މީހާގެ މޫނެއް ނުފެނެ