ސަރުކާރުން އިންޑިއާގެ ގައުމީ ސަލާމަތައް ނުރައްކާވާގޮތަށް މަސައްކަތްކުރޭ: ޑެއިލީ ނިއުސް

ރައީސް ވަހީދުގެ ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން އިންޑިއާގެ ގައުމީ ސަލާމަތައް ނުރައްކާވާގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ޑެއިލީ ނިއުސް އިން ބުނެފި އެވެ.

ޑެއިލީ ނިއުސްގައި ބުނެފައިވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ޗައިނާއާއި ހަވާލުކުރުމަށް ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުން މަސައްކަތް ކުރާކަމަށެވެ. އިންޑިޔާ ސަރުކާރުން މިކަމާއި ކަންބޮޑުވާކަމަށާއި އެއީ އިންޑިޔާގެ ޤައުމީ ސަލާމަތާއި ބެހޭ ނުރައްކަލެއްކަމަށް އިންޑިޔާ ސަރުކާރުން ދެކޭކަމަށްވެސް އެނޫހުން ބުނެ އެވެ.

ޑެއިލީ ނިއުސް އިން ބުނެފައިވަނީ ޗައިނާއާއި ރައީސް ވަހީދުގެ ސަރުކާރުން ގާތްގުޅުމެއް ބާއްވަން މަސައްކަތްކުރަމުންދާކަމަށާއި، އެއާޕޯޓް ހިންގުމަށް ޗައިނާއާއި ހަވާލުކުރުމަށް މިހާރުގެ ސަރުކާރުގެ ކޯލިޝަން ތެރޭގައި ވާހަކަދެކެވިފައިވާކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ޖީއެމްއާރްއާއި ރާއްޖޭގެ ސަރުކާރާއި ދެމެދު އެއްބަސްވެފައިވާއިރުގައި، މިއެއްބަސްވުން ބޮޑު ސިޔާސީ ކުޅިވަރަކަށް ހަދާފައިވާކަމަށްވެސް އެ ނޫހުން ބުނެ އެވެ.

ޖީއެމްއާރާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހަވާލުކޮށްފައިވަނީ މިހާރު ހުރި ޓާމިނަލް ތަރައްޤީކުރުމާއި އައު ޓާމިނަލެއް އެޅުމުގެ މަސައްކަތް ކުރުމަށް ކަމަށްވިއަސް އައު ޓާމިނަލް އެޅުމުގެ މަސައްކަތް ރައީސް ވަހީދުގެ ސަރުކާރުން ހުއްޓުވާފައިވާކަމަށާއި އެމަސައްކަތް އިތުރަށް ކުރިއަށް ގެންދިޔުމަށް މިހާރުގެ ސަރުކާރުގެ އޮފިޝަލުންގެ ކިބައިން ހުއްދައަށް އެދިފައިވީ ނަމަވެސް، އަދިވެސް ހުއްދަ ލިބިފައިނުވާކަމަށް ޖީއެމްއާރްގެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ.

ފަހުގެ