އެމެރިކާއިން އޮސާމާ ބިން ލާދިންގެ ދަރިއެއް މަރާލައިފި

އޮސާމާ ބިން ލާދިން ގެ ދަރިފުޅު މަރުވެއްޖެކަން ކަށަވަރުކުރެވިފައިވާކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

އެމެރިކާގެ ވައިޓް ހައުސް އިން ބުނެފައިވަނީ، އެ ގައުމުން އަފްގާނިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި މަރާލާފައިވަނީ ހަމްޒާ ބިން ލާދިން އެވެ.

އޭނާ އަކީ ބައްޕަ އޮސާމާއާއި އެއްގޮތަށް އަލްގައިދާ ޖަމާއަތް ހިނގުމުގައި އިސް ރޯލެއް އަދާކުރާ މީހެއްކަމަށް އެމެރިކާއިންް ތުހުމަތުކުރެއެވެ.

ހަމްޒާ މަރަލާފައިވާކަމަށް އެމެރިކާއިން މިއަދު ބުނި ނަމަވެސް، އެއީ ކޮންއިރަކު ހިންގި އޮޕަރޭޝަނެއްކަމެއް އެ ގައުމުން ހާމައެއް ނުކުރެއެވެ. އ

އޮސާމާ ބިން ލާދިން މަރާލާފައިވަނީ އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގައި 2015 ވަނަ އަހރުގެ މޭމަހު ޕާކިސްތާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު