އެމްޓީސީސީގެ ފެރީތަކުގަ ޕްލާސްޓިކު ކޮތަޅު ބޭނުންކުރުން ހުއްޓާލައިފި

އެމްޓީސީސީގެ ފެރީތަކުގަ ޕްލާސްޓިކު ކޮތަޅު ބޭނުންކުރުން ހުއްޓާލައިފިއެވެ.

އެމްޓީސީސީން ބުނީ މި ފިޔަވަޅަކީ ކަނޑަށް އަޅާ ޕްލާސްޓިކު ކުނި މަދުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

އެމްޓީސީސީން ކަނޑުމަތީގައި ހޮޑުލަވާ މީހުންނަށް ދެނީ ޕްލާސްޓިކު ކޮތަޅެވެ. ނަމަވެސް މީގެ ފަހުން ދެން ލިބޭނީ ކަރުދާސް ނުވަތަ ފޮތި ކޮތަޅެވެ.

އެމްޓީސީސީގެ ފެރީތަކުގައި ދުވާލެއްގެ މައްޗަށް އެވަރެޖުގޮތެއްގައި 26،000 މީހުން ދަތުރުކުރެއެވެ.

އަހަރަކު 9.5 މިލިއަން ޕަސަންޖަަރުންް އެ ކުންފުނީގެ ފެރީތަކުގައި އުފުލައެވެ.

ކިޔުންތެރިންގެ ހިޔާލު