ބަހާމާސް އަށް އަނެއްކާވެސް ތޫފާނެއް އަރަނީ

ތޫފާނު 'ޑޯރިއަން' ގެ ސަބަބުން ލިބުނު ގެއްލުމުން ރަނގަޅަށް އަރި ނުގަނެވިގެން އުޅެނިކށް އަނެއްކާވެސް ބަހާމާސް އަށް އަނެއްކާވެސް ތޫފާނެއް އަރާނެކަމަށް ލަފާކޮށްފިއެވެ.

ތޫފާނު 'ޑޯރިއަން' ގެ ސަބަބުން ބަހާމަސް އިން 1،300 މީހުން ވަނީ ގެއްލިފައެވެ. އެމީހުން އަދިވެސް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

'ހަމްބާޓޯ' ގެ ނަމުން ނަންދެވިފައިވާ ތޫފާނު މިހާރު މިސްރާބު ޖަހާފައިވަނީ ބަހާމާސްއަށެވެ.

ބަހާމާސްއަށް މި ތޫފާނު އެރުމަށްފަހު ދެން އަރާނެކަމަށް ބެލެވެނީ އެމެރިކާގެ ފްލޮރިޑާއަށެވެ.

ކިޔުންތެރިންގެ ހިޔާލު