ސައުދީ ގެ އާމްކޯ ކުންފުނީގެ ދެ ތެޔޮވަޅަކަށް ޑްރޯން މެދުވެރިކޮށް ހަމަލާދީފި

ސައުދީ ގެ އާމްކޯ ކުންފުނީގެ ދެ ދެޔޮވަޅަކަށް ޑްރޯން މެދުވެރިކޮށް ހަމަލާދީފިއެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޔަމަނުގެ ހޫތީ ޖަމާއަތުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުން ސައުދީގެ އާމްކޯ ކުންފުނީގެ މައި ދެ ތެޔޮވަޅު ހުރި ސަރަހައްދު އަންނަނީ ވަރަށް ބޮޑަށް އަނދަމުންނެވެ.

މި ހަމަލާދީފައިވަނީ ސައުދީ ގަޑިން ފަތިހު 4:00 ހާއިރު ކަމަށްް ރިޕޯޓުތައްް ބުނެއެވެ.

ސައުދީން ބުނެފައިވަނީ އަލިފާންގޑު އަނދަމުން އަންނަ ދެ ސަރަހައްދު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

އަލިފާން ހިފިކަމަށް ބުނި ނަމަވެސް މިއީ ޑްރޯން ހަމަލާއެއް ކަމަށް ސައުދީ ސަރުކާރުން އަދި ނުބުނެއެވެ. ނަމަވެސް ހޫތީން ބުނެފައިވަނީ މިއީ ޑްރޯން މެދުވެރިކޮށް ދިން ހަމަލާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު