އިޒްރޭލުގެ ބިމުގެ އިން ބޮޑުކުރަން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

ހުޅަނގު އައްސޭރިން އިޒްރޭލުން ހިފާފައިވާ ސަރަހައްދުން ބޮޑުބަޔަކާއި ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ބިން ކަމުގައި ކަނޑައަޅަން އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވުމުން އެކަން ދިވެހި ހާރިއްޔާއިން ބަޔާނެއް ނެރި ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން ބުނެފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު އަމަލުކުރައްވަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޮތް އިޒްރޭލު އާންމު އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

އިޒްރޭލުން އަމަލުކުރަމުން ގެންދަނީ ޖެނީވާ ކޮންވެންޝަނާއި ވެސް ހިލާފަށްކަން ހާާރިޖިއްޔާއިން ފާހަގަކުރެއެވެ. އަދި މި މައްސަލަ އދ ގެ ސެކިއުރިޓީ ކައުންސިލުން ބެލުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ހާރިޖިއްްޔާއިން ބުނީ ރާއްޖެގެ ސަރުކާރާއި ރާޖޭގެ ރައްޔިތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އަޅާލާނެކަމަށެވެ. އަދި ރާއްޖެއިން ގަބޫލުކުރަނީ އިޒްްރޭލު އަދި ފަލަސްތީނު ވެސް ގައުމެއްގެ ގޮތުގައި އޮންނަންޖެހޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު