ޕޭރޯލުގައި ނުހިމެނޭ މީހަކަށް 160000.00ރ ދީފައިވާކަން ސާބިތުވެ އިސްލާމިކް މިނިސްޓްރީގެ ޕީއެސް ވަޒީފާއިން ވަކިކޮށްފި

‏އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު އަބުދުﷲ ގެ މައްޗަށް ޕޭރޯލްގައި ނުހިމެނޭ މީހެއް ސެޕް ސިސްޓަމްގައި ރަޖިސްޓްރީކޮށް މުސާރަ ގޮތުގައި 160000.00ރ ނަގާފައިވާކަން ސާބިތުވެ، އޭނާ އިއްޔެ ވަޒީފާއިން ވަކިކޮށްފިއެވެ.

ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކޮށްފައި ވަނީ މިދިޔަ ސަރުކާރުންނެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

މުސްއަބު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެތައް ފަހަރަކު އޭނާ ސަސްޕެންޑުވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު