ދީނަށް ފުރައްސާރަ ކުރި މީހާއަށް އިންޒާރު ދިން މައްސަލަ ވެސް މިދަނީ ބަލަމުން: ފުލުހުން

ދީނަށް ފުރައްސާރަ ކުރި މީހާއަށް އިންޒާރު ދިން މައްސަލަވެސް މިދަނީ ބަލަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން އިއްޔެ ފުލުހުން ވަނީ ގދ. ތިނަދީން "ރުޝްދަމް" ނަމުގައިޓްވީޓަ އެކައުންޓު ބޭނުންކުރާ މީހެއް ހައްޔަރު ކޮށްފައެވެ. އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭނާ ހައްޔަރު ކުރުމުގެ ކުރިން ވަނީ އޭނާއަށް މަރުގެ އިންޒާރުދޭ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އޭނާ ހައްޔަރު ކުރުމުގެ ކުރިން ބުނެފައިވަނީ ތިނަދޫ ޒުވާނުން އެއްކޮށް އޭނާ ދީނާ މެދު ދެކޭގޮތް ހާމަކޮށްފައިވާކަމަށެވެ. އަދި އެއްވުންތައް ބާއްވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު