ހަތިޔާރާއެކު ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް މާލެގަ ފަށައިފި

ހަތިޔާރާއެކު ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް މާލެގަ ފަށައިފިއެވެ.

ފުލުހުން ކުރިއަށް ގެންދާ އޮޕަރެޝަނުގައި މާލޭގެ އިތުރުން އައްޑޫގެ ބައެއް ތަންތަން ވެސް ބަލައި ފާސްކުރަމުން ވެސްް އެބަގެންދެއެވެ.

ފުލުހުން ބަލައި ފާސްކުރަމުން ގެންދަނީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން ނެރުނު ރިޕޯތުގައި ބުނާ ރިލްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ)ގެ ގެޔާއި އޭނާގެ ވިޔަފާރިތައް ހިމެނޭ ސަރަހައްދުތަކެވެ.

މާލެއިން ބަލަމުން ގެންދަނީ، ކުރީގެ ޕީޖީ އޮފީސް ކުރިމަތިން ހުންނަ އިމާރާތަކާއި، ސީކްރެޓް ރެސިޕީ ރެސްޓޯރަންޓް ހުންނަ އިމާރާތާއި، ސޯޝަން މަގު ސޮޕް އެންޑް ސޭވް ކައިރީ ހުންނަ ގެއަކާއިމ  ގާކޮށީގެ 5 ވަނަ ފަންގިފިލާގެ ފްލެޓެކެވެ.

މި ތަންތަނަކީ ރިޕޯޓްގައި ނަންތައް ހިމަނާފައިވާ، ތ. އޮމަދޫ އަތިރީގޭ، ސާމިހު މުހައްމަދު (ސޯމިތު)، ހ. ވާލީ ވިލާ އަލީ ޝިޔާމް (ވީބީ އައްޔަ) އާއި ސ. ފޭދޫ، ގުރަހާގޭ އަހުމަދު އަގްލީލް (ކިޑޫ) އާ ގުޅުން ހުރި ތަންތަނެވެ.

ރިލްވާންގެ މަރާ ގުޅުގެން މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހިމެނޭ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައަތް ފުލުހުން ކުރިއަށް އެބަގެންދެއެވެެ.

ކިޔުންތެރިންގެ ހިޔާލު