ރާއްޖޭގެ ކެޕްޓަން އަކްރަމް އަށް ރަތް ކާޑު ދައްކައި،  5 - 0 ގެ ނަތީޖާއަކުން ޗައިނާއިން ރާއްޖޭ ބަލިކޮށްފި

ރާއްޖޭގެ ކެޕްޓަން އަކްރަމް އަށް ރަތް ކާޑު ދައްކައި،  5 - 0 ގެ ނަތީޖާއަކުން ޗައިނާއިން ރާއްޖޭ ބަލިކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް މޮޅު ކުޅުމެއް ދެއްކީ ޗައިނާއިންނެވެ. ރާއްޖެއިން ބޮޑަށްބެލީ ޑިފެންސްއަށެވެ.

މެޗުގެ ފުރަތަމަ ރީނދޫކާޑު ދެއްކީ 13 ވަނަ ރާއްޖޭގެ ޓީމުގެ ހަސަން ޝިފާއު އަށެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ޗައިނާގެ ކެސެން އަލް އަށް ރީނދޫ ކާޑު ދެއްކިއެވެ.

މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލު ޖެހީ 33 ވަނަ މިނެޓުގަ ވޫޒީއެވެ.

މެޗުގެ ދެވަނަ ހާފު ފެށީ އަލީ އަޝްފާގު (ދަނގަޑޭ) ބޭލުމަށްފަހު، ނާޒީ ހަސަން އަރުވައިގެނެވެ.

ދެވަނަ ހާފު ފެށައިގެން ރާއްޖެއިން އެޓޭކިން ކުޅުމެއް ދައްކައި ބައެއް ޝޮޓު ހެދިއެވެ.

ނަމަވެސް މެޗުގެ 49 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ އަށް ރީނދޫ ކާޑު ދައްކައި ޕެނަލްޓީއެއް ދިނެވެ. ޗައިނާއިން ޕެނަލްޓީ ކާމިޔާބު ކުރިއެވެ.

ޗައިނާއިން ފަހު ހާފުގަ  ޕެނަލްޓީން ދެ ގޯލު ޖެހިއެވެ.

ދެ ވަނަ ޕެނަލްޓީއަކީ ރާއްޖޭގެ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީއަށް ދެ ރީނދޫ ކާޑު ހަމަވެގެން ދެއްކި ރަތްކާޑާއެކު ދިން ޕެނަލްޓީއެކެވެ.

އަދި އެންމެ ފަހު ގޯލު ޗައިނާއިން ޖެހީ މެޗު ނިމެއްން އެންމެ މިނެޓަކަށް ވެފައިވަނިކޮށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު