މިރޭގެ މެޗާ ދިމާކޮށް ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ބޮޑެ ފައިސާގެ އިނާމެއް ހުށަހަޅައިފި

ފޮޓޯ: އަލީ އަޝްފާގް (ދަނގަޑޭ)

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ރާއްޖެ މިރޭ ކުޅޭ މެޗަށް ބޮޑެތި އިނާމުތަކެއް ހުށަހަޅައިފިއެވެ.

އެގޮތުން މެޗުން ބަލި ނުވެ އެއްވަރު ވިއަސް ކޮންމެ ކުޅުންތެރިއަކަށް 100،000 ރުފިޔާ ދިނުމަށް ޔޫތް މިނިސްޓްރީން ވަނީ ހުށަހަޅާފައެވެ.

މިރޭގެ މެޗާއި ދިމާކޮށް ގައުމީ ޓީމަށް ދުއާ ކޮށްދިނުމަށާއި، ސަޕޯޓު ކޮށްދިނުމަށް އެތައް ބަޔަކު އަންނަނީ އެދެމުންނެވެ.

ގައުމީ ޓީމަށް ސަޕޯޓުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ދަނޑަށް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު