ހުރިހާކަމެއް ހާމަކުރަންވެއްޖެ ނަމަ ކުރިއަށް ދާން އުނދަގޫވާނެ: ރައީސުލްޖުމްހޫރިއްޔާ 

  • ކޮންމެ ހަފްތާއަކު އެއްފަހރު އިންޓެލް ރިޕޯޓު ލިބޭކަމަށް ރައީސް ވިދާޅުވި

ސިފައިންނާ ފުލުހުން ދޭ އިންޓެލިޖެންސް ރިޕޯޓުގަ ހިމެނޭ ހުރިހާ ކަމެއް ހާމަކުރަން ފަށައިފިނަމަ ކަންތައްތަކުގަ ކުރިއަށް ދަން އުނދަގޫ ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑަށް އެނގޭ ވަރަށް ގިނަ އެއްޗެހި އެބަހުރި. ހަފްތާއަކު އެއްފަހަރު އަޅުގަނޑަށް އިންޓަލިޖެންސް ރިޕޯޓު ލިބޭ. އެމްއެންޑީއެފުންނާ ޕޮލިހުން. އެ ހުރިހާ އެއްޗެއް އަޅުގަނޑު ހާމަކުރަން ފައްޓާފިއްޔާ އޭގެން އުދަގޫވާނެ ކުރިއަށް ދާން،"

ރައީސް މިހެން މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން ނެރެފައިވާ ނޫސްވެރިއާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގައި ހިމެނޭ ޓެރަރިސްޓު ޖަމާއަތްތަކުގެ ރިޕޯޓާއި ގުޅޭގޮތުން ނޫސްވެރިއަކު އިއްޔެ ރައީސް ސާލިހު ބޭއްވި ނޫސްވެރިންނެގެ ބައްދަލުވުމުގައި ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"ޑްރާފްޓަގަ ހުރި ކަންތައްތަކާ ގުޅޭގޮތުންް ފިޔަވަޅު އެޅުމަށްޓަކާ އިއްޔެ (އާދިއްޔަ ދުވަހު) އަޅުގަނޑުމެން މި ބައްދަލު ކުރީ. މިއަދު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނޭ އަމާލީގޮތުން އެކަންތައްތައް ހިނގަމުންދާތަން. އަޅުގަނޑު ނެތިން ތަހުގީގުގެ ތެރެއަށްވެސް ޑީޓެއިލަކަށް ދަކަށެއްވެސް. މިއީ އޮންގޮއިން ޕްރޮސެސްއަކަށް ވަތީ. އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ވެސް އިތުރަށް އަޅުގަނޑު ހާމަކުރަން ފަށާފިއްޔާ..."

ރިލްވާން މަރާލި ގޮތާއި ގުޅިގެންް ނެރުނު ދެވަނަ ޑްރާފްޓު އެންމެ ފުރަތަކމަ ލީކު ވުމާ ގުޅިގެން ހާމަކުރަން ނުޖެހޭ ބައެއް މައުލޫމާތު ހާމަވެފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެ މައްސަލައިގައި ރައީސް ސާލިހު ވިދާޅުވީ ވީކަމެއް ނުވާކަމަށް ނުވާނެކަމަށެވެ. އަދި ދެން އެކަމުގަ އޮތް ގޮތަކީ ދޫނުދެއްވާ ކުރިއަށް ވަޑައިގަތުން ކަމަށެވެ.

ރިލްވާން މަރާލި ގޮތުގް ޑްރާޓް ރިޕޯޓު އާންމުކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ ރިޕޯޓު ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް އެނެމް ފުރަތަމަ ދީނީ ސިއްރު ހެކިންނާއި އެކު ކަމަށް އަޑު ފެތުރެނެވެ. އަދި އެ ރިޕޯޓު އަލުން އަތުލިކަމަށް ވެސް ބައެއް ނޫސްތަކުން ހަބަރު ފެތުރިއެވެ. ނަމަވެސް އެއީ ދޮގެއްކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު