ބްރިޓިޝް އެއާ ލައިންގެ މުވައްޒަފުންގެ މުޒާހަރާގެ ސަބަބުން އެ އެއާލައިންގެ 1500 ފްލައިޓް ހިދުމަތް މެދު ކެނޑިއްޖެ

ބްރިޓިޝް އެއާލައިން ޕައިލެޓް އެސޯސިއޭޝަންގެ ފަރާތަުން ބާއްވާ މުޒާހަރާގެ ސަބަބުން ބްރިޓިޝް އެއާލައިންގެ 1،500 ފުލައިޓުގެ ހިދުމަށް ވަނީ މެދު ކަނޑާލާފައެވެ.

ސެޕްޓެމްބަރު 9 އަދި 10 ގައި ޕައިލެޓުން މުޒާހަރާގެ ސަބަބުން 280،000 މީހުނަށާ 80 މިލިއަން ޕައުންޑުގެ ގެއްލުން ބުރިޓިޝް އެއާލައިނަށް ލިބިގެން ދާނެ ކަމަށް ޓެލެގުރާފް ނޫހުން ބުނެފައިވެއެވެ. 

ޕައިލެޓުން މުޒާހަރާ ކޮށްފައިވަނީ ލިބޭ މުސާރާއާއި އެލަވެންސްތަށް މަދުވުމުގެ ސަބަބުން އެވެ. ބުރިޓިޝް އެއާލައިން ޕައިލެޓް އެސޯސިއޭޝަން އިން ވަނީ އޮގަސްޓު 23 ވަނަ ދުވަހު ސެޕްޓެމްބަރު 9، 10 އަދި 27 ވަނަ ދުވަހު މުޒާހަރާ ކުރުމުގެ ގޮތުން ޕައިލެޓުން ވަޒީފާއަށް ނުނިކުމަށް ގޮވާލާފައެވެ.

ބުރިޓިޝް އެއާލައިން އިން ޕެސެންޖަރުން އަށް ދީފައިވާ މައުލޫމާތުގައި ފުލައިޓުގެ ހިދުމަށް މެދު ކެނޑިއްޖެނަމަ ޕަސެންޖަރުން ގޭގައި މަޑު ކޮށްލުމަށް ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު