ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކިލެއް މަދު، އިތުރު 5000 ޓިކެޓު ވިއްކަންޖެހޭ: ސުޒޭން

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ރާއްޖެ މިރޭ ކުޅޭ މެޗަށް ދިވެހިންނަށް އިތުރު ޖާގަ ހޯދައިދޭންޖެހޭކަމަށް މަޝްހޫރު ފުޓުބޯޅަ ކޯޗު އަލީ ސުޒޭން އެދިއްޖެއެވެ.

އެ މެޗަށް އެފްއޭއެމް އިން ދިވެހި ސަޕޯޓަރުންނަށް ވިއްކާފައިވަނީ އެންމެ 3500 ޓިކެޓެވެ. ނަމަވެސް ކުރިން މެޗުތަކުގައި 6000 އާއި 7000 އާއި ދެމެދުގެ އަދަދަކަށް ޓިކެޓު ވިއްކައެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގަ ވާހަކަ ދައްކަވަމުން ސުޒޭން ރޭ ވިދާޅުވީ ދަނޑުގައި ބޭނުން ނުކުރެވޭ ގޮތަށް ހުރި ސިޑި ބަރިތައް ކޮންމެސް ގޮތަކުން މަރާމާތުކޮށްގެން ނަމަވެސް އިތުރު ދިވެހި ސަޕޯޓަރުންނަށް ފުރުސަތު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން މުހިންމުކަމަށެވެ.

"ޔޫތް މިނިސްޓަރު އަހުމަދު މައުލޫފްއާއި އެފްއޭއެމްގެ ރައީސްއާއި މަޝްވަރާ ކުރައްވައިގެން ސިޑިބަރިތަކުގަ ކްރޮޕް ވިއްދައިގެން ނަމަވެސް އެބަޖެހޭ ދިވެހި ސަޕޯޓަރުން އެތަނަށް ވައްދައިގެން އެމީހުންގެ އުންމީދުތައް ހާސިލުކޮށްދޭން އެބަޖެހޭ. އާންމުކޮށް 6000 އަދި 7000 މީހުން ވަތް ދަނޑެއްގަ 2000 މީހުންނަށް ފުރުސަތު ދިނީމަ ދެން އޮތް 5000 މީހުންނަށް ފުރުސަތު ގެއްލިގެން ދާނެވާހަކަ،" ސުޒެން ވިދާޅުވިއެވެ.

މާޒިޔާގެ ކޯޗުގެ މަގާމާ 2014 ވަނަ އަހަރު ސީޒަނުގެ ކުރީކޮޅު ހަވާލުވެ އޭނާ ވަނީ އެ ޓީމަށް ވަނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް ހަމަކޮށްދީފައިވާއިރު ސުޒޭން ވެފައިވަނީ 20 އަހަރުވީ މާޒިޔާގެ އެންމެ ކާމިޔާބު ކޯޗަށެވެ.

ނަމަވެސް އޭނާ ވަނީ ފަހުން މާޒިޔާއިން އިސްތިއުފާ ދީފައެވެ.

ވިކްޓަރީ އަށް ގިނަ ދުވަސްތަކެއް ކުޅެ އަދި ވެލެންސިއާގައި ވެސް ދުވަސްތަކެއް ހޭދަކުރި ސުޒޭން ކޯޗިން ފަށާފައިވަނީ ވިކްޓަރީގެ ބެންޗުންނެވެ. އެ ޓީމަށް އެކި ގޮތްގޮތުން އިރުޝާދު ދިނުމުގައި 10 ވަރަކަށް އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. ވިކްޓަރީން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު އެފްއޭއެމްގައި މަސައްކަތްކުރިއިރު، އެނބުރި ކޯޗިންގެ ތެރެއަށް ވަނީ 2014 ވަނަ އަހަރު މާޒިޔާ އިންނެވެ. އޭނާ އަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ދިވެހި ކޯޗަށެވެ.

ކިޔުންތެރިންގެ ހިޔާލު