އަފްރާޝީމް ގެެ މަރުގެެ މައްސަލައިގެ 90 ޕަސަންޓު ތަހުގީގުކޮށް ނިމިއްޖެ

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝައިން) ޑރ. އަފްރާޝީމް އަލީގެ މަރުގެެ މައްސަލައިގެ 90 ޕަސަންޓު ތަހުގީގުކޮށް ނިންމައިފކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ވިދާޅުވީ މަރު ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ އިތުރުން އެހެން މަރުތައް ވެސް ތަހުގީގު ކުރުމަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަދަލުތަކެއް ގެންނަނަށްޖެހޭކަމަށެވެ. އަދި އެ ބަދަލުތައް ގެނައުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ޑރ. އަފްރާޝީމް އަލީ އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ފަދަ އެތައް މައްސަލަތަކެއް އެ ކޮމިޝަން އިން ތަހުގީގުކުރަމުން އަންނަކަމާއި، ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށެވެ.

ރައީސް ވިދާޅުވީ މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން އަދިވެސް ވަރަށް ބައިވަރު މީހުންނާއި އިންޓަވިއުކޮށް ތަހުގީގުކުރުން ކުރިއަށްދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު