ހިތާނުކުރަން ނަން ނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ހުޅުވަލަނީ

ހިތާނުކުރަން ނަން ނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗް އިން ހުޅުވަލަން އައިޖީއެމް ހޮސްޕިޓަލުން ނިންމައިފިއެވެ.

ނަންނޯޓުކުރުމުގެ ފުރުސަތު 15 - 30 ސެޕްޓެމްބަރު އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހިތާނުކުރުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ބޭނުންވާނަމަ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަރޖަރީ ކައުންޓަރުން މައުލޫމާތު ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

ސަރޖަރީ ކައުންޓަރުގެ ނަމްބަރު 3335300 އަށް ކޮންމެ ދުވަހެއްގެ 08:00 އިން ހަވީރު 04:00 އަށް ގުޅާ މައުލޫމާތު އޮޅުން ފިލުވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު