ލިޔަން ކިޔަން ދަތުމުގެ ދުވަހާ ގުޅުވައިގެން އަލާ ދީދީގެ ހާއްސަ ތަގުރީރެއް މިރޭ އޮންނާނެ

ލިޔަން ކިޔަން ދަތުމުގެ ދުވަހާ ގުޅުވައިގެން އަހުމަދު އަލާ ދީދީގެ ހާއްސަ ތަގުރީރެއް މިރޭ އޮންނާނެކަމަށް އެމެރިކަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނެފައިވަނީ، ތަގުރީރު އޮތީ އެމެރިކަން ސެންޓަރުގައި މިރޭ 8:00 ގައިކަމަށެވެ.

ތަގުރީރުގެ ނަމަކީ "ގަލަން ދާން" އެވެ.

ތަގުރުުގަ ބައިވެރިވުމަށް 9742927 ނުވަތަ 9939202 އަށް ގުޅައި ނަން ނޯޓު ކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

އަލާ ދީދީއަކީ ތާރީހު ދިރާސާކުރެއްވުމުގަ 10 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.

އުމުރުން 29 އަހަރުވީއިރު އެތައް ރިސާރޗް ޕޭޕަރެއް ލިޔުއްވައި އެކި ޕްލެޓްފޯމްތަކުގައި ޝާއިއުކުރައްވާފައިވެއެވެ. ދިވެހި ތާރީހާއި ގުޅޭގޮތުން އަލީ ވަނީ ގިނަ ފޮތްތަކެއް ވެސް ޝާއިއު ކުރައްވާފައެވެ.

އަލާއަކީ މިހާރު މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގަ ރިސާޗު އެނަލިސްޓެއްގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު