ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އިންޑިއާކަށް ނުދިން

އަލްއުސްތާޛާ ފާޠިމަތު ފަޒްނާ
އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދު އައިސްލޭންޑަށް ދަތުރު ކުރުމަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް އެދުމުން ޕާކިސްތާނުން އިންކާރު ކޮށްފިއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައެޝީ ބުނެފައިވަނީ ޕާކިސްތާނުން އިންޑިއާގެ ރައީސް އެދިފައިވާ ކަން އިންކާރު ކޮށްފައިވަނީ އިންޑިއާގެ އަމުލތަށް ހުރި ގޮތުގެ ސަބަބުން ކަމަށެވެ.
މިފަދަ ކަމެއް އިންކާރު ކުރި ފުރަތަމަ ފަހަރެވެ. އިންޑިއާއިން މިކަމަށް އަދި ބަހެއް ބުނެފައި ނުވެއެވެ.
ކަޝްމީރުގެ މައްސަލާގައި ދެގައުމު ދެމުދުގައި އުފެދިފައިވާ ހަމަނުޖެހުމަށް ވަނީ ހައްލެއް ނުލިބައެވެ.
