މަޖްލިސް ރައީސް ފުލުހުންނަށް: އޮޅުވާލައިގެން ކޯޓުއަމުރު ހޯދުމަކީ ކުށެއް ނޫންތޯ؟

އޮޅުވާލައިގެން ކޯޓުއަމުރު ހޯދުމަކީ ކުށެއް ނޫންތޯ؟ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ގޮތަށް ފުލުހުންގެ ތެރެއިން މަދު ބަޔަކު ވާހަަކަ ދައްކަވާކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި 2 ފުލުހުން ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ކޮމިޝަނާއި ހަވާލާދީ ފުލުހުންވަނީ ބުނެފައެވެ. އެ ދެ ފުލުހުން ވަނީ ރިލްވާން މަރާލި ފަހުން ރިލްވާން ސީރިއާއަށް ދިޔަކަން ދެއްކުމަށް ވަގު ޕާސްޕޯޓު ހެއްދުމަށް ވެސް މަސައްކަތް ކޮށްފައެވެ.

"ރިލްވާނުގެ ފޯނު އަޑުއެހުމަށާއި، ރިލްވާނަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރު ހޯދުމަކީ ކުށެއް ނޫންތޯ،"

ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭފަދަ ވާހަކަތައް އެ އިދާރާގެ މަދު ބަޔަކު ދައްކަވާތީ ހިތާމަކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު