ދިވެހި ދައުލަތަށްވުރެ ބާރުގަދަ؛ އަނދިރި ދައުލަތް

ދައްކަން މިއުޅެނީ ބިރުވެރި ވާހަކައެކެވެ. ބިރުން ހީބިހި ނަގާ ޒާތުގެ ވާހަކައެކެވެ. އެއީ މިއަދު ރާއްޖޭގައި އޮތް "އަނދިރި ދައުލަތުގެ" ވާހަކައެވެ.

އަނދިރި ދައުލަތް ނުވަތަ އިނގިރޭސި ބަހުންްނަމަ ޑީޕް ސްޓޭޓް ކިޔައި އުޅެނީ ގާނޫނީގޮތުން އުފެދިފައިވާ ދައުލަތެއްގެ ތެރެއިން ނުވަތަ ބޭތުން އުފެދޭ ގާނޫނީ ބާރު ނެތް ނަމަވެސް، އެނޫންވެސް ގޮތްގޮތުން ބާރުވެރިކަން ހޯދައިގެން އުފައްދާ ދައުލަތްތަކަށެވެ.

ދިވެހިރާއްޖޭގައި "އަނދިރި ދައުލަތެއް" އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވުމަކީ ކުޑަ އާދައިގެ ކަމެއްނޫންނެވެ. އެއީ ބިރުވެރިކަމެކެވެ.

ދިވެހިރާއްޖޭ އިލްސާމީ ދައުލަތެއްގެ ގޮތުގައި އޮންނަތާ 800 އަށްވުރެ ގިނަ އަހަރުވެއްޖެއެވެ. ދިވެހިންނަކީ ހިތްހެޔޮ ބައެއްގެ ގޮތުގައި އަބަދުވެސް ބޭރުމީހުން ދެކެއެވެ.

ނަމަވެސް ފަހުގެ ތާރީހެއްގައި ދިވެހިންގެ ނަން ބޭރުމީހުންގެ ކުރިމަތީގައި ހުތުރުކޮށްލި އެއް ހާދިސާއަކީ ސަލްޓަންޕާކުގައި ބޮމެއް ގޮއްވާލައި، ރާއްޖެއައިސް ތިބި ފަތުރުވެރިންނަށް ހަމަލާދިން ހިސާބުންނެވެ.

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ (މަރު ކޮމިޝަަން) އިން ބުނާގޮތުން ނަމަ ދިވެހިރާއްޖޭގައި 2010 ވަނަ އަހަރުން ފެށިގެން "ޖިހާދީ ފިކުރުގެ މީހުން" އަދި "މިނިވަން ފިކުރުގެ މީހުން" އަންނަނީ އަރާރުންވަމުންނެވެ. ނުވަތަ ފިކުރީ ހަނގުރާާމައެއް ރާއްޖޭގައި މިވަނީ ފެށިފައެވެ.

"ޖިހާދީ ފިކުރުގެ މީހުން" ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި އެބަތިއްބެވެ. ރައީސް އޮފީހުން، ސިފައިންގެއިން، ފުލުހުން، އެޑިއުކޭޝަން މިނިސްޓްރީން، ކޯޓުތައް، މަޖްލިސް އިން ގޮސް އޮޑި ދޯނިފަހުގައި ވެސް އެބަތިއްބެވެ.

ވަގަށް ނަގައިގެން ގޮސް ގެއްލުވާލި ނޫސްވެރިއާ އަހުމަދު ރިލްވާން އަށް ފާރަލުމުގައި ހަރަކާތްތެރިވި ދެ ފުލުހުންނާމެދު ހައްޔަރުކުރުމަށް ބަންޑާރަނައިރު އިބްރާހިމް ރިއްފަތު ވަނީ ފުލުސް އޮފީހަށް އަންގަވާފައެވެ. މި ދެ ފުލުުހުންނަކީ ރިލްވާން މަރާލިފަހުން އޭނާ ސީރިއާއަށް ގޮސް މަރުވިކަން ދެއްކުމަށް ޕާސްޕޯޓެއް ހައްދަން އިމިގްރޭޝަން ކޮންޓްރޯލަރާއި ވެސް ބައްދަލުކުރިއެވެ.

ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ކޮންމެވެސް ސަބަބުތަކެއް ދިމާވެގެން ރިލްވާންއަށް ފާރަލީ ދެ މީހުން ހައްޔަރުކުރުމަށް ފުލުހުން ޖެހިލުންވެއެވެ. ބުނަނީ ހެކި ނެތް ކަމަށެވެ. މަރު ކޮމިޝަނުގެ ރިޕޯޓު ނުލިބޭކަމަށެވެ.

ފުލުހުން އެކަންޏެއް ނޫނެވެ. ސްކޫލުތަކައި ހަރުކަށި ހިޔާލު ފަތުރާ މީހުން ހުއްޓުވުމަށް ވެސް ދިވެހި ދައުލަތް ވަނީ ޕެރަލައިޒްވެފައެވެ.

މިއަދު އެނގިއޮތް ހަގީގަތަކީ ދިވެހި ދައުލަތައްވުރެ ބާރުގަތަ "އަނދިރިތ ދައުލަތެއް" ދިވެހިރާއްޖޭގައި ހިނގަމުން އަންނަކަމެވެ. މި ދައުލަތުުގެ ނުރައްކާ ދިވެހި ރައްޔިތުންނަށް އޮތް މިންވަރަކީ މި ގައުމުގައި ފޭރުމާއި ވައްކަން ކޮށް މީހުން މެރުން މި ދައުލަތަށް އެންމެ ރަނގަޅެވެ.

ދިވެހެހި އެތައް ސަތޭކަ ޒުވާނުންނެއް ރާޢްޖޭން ބޭރުގައި ދީނީ ހަރުކަށި ޖަމާއަތްތަކާ ގުޅިގެން ހަނގުރާއަށް އަދިވެސް ދަނީއެވެ.

"އަންދަލުސް" ފަދަ ހަރުކަށި ހިޔާލު ފަތުވާތައް ފަތުރައިގގެން ޒުވާނުންގެ ސިކުންޑި ދޮވެލަނީ ކޮންބައެއްކަން ދިވެހި ސިފައިންނާއި ފުލުހުންނަށް ސާފުކޮށް އެނގެއެވެ. ނަމަވެސް އެފަދަ ޝޭހުން ހުއްޓުވުމަށް ސަލާމަތީ ބާރުތައް ވެސް ވަނީ ނުކުޅެދިފައެވެ.

ފަޅުރަށްރަށް ގެންގޮސް ދިވެހި ޒުވާނުންނަށް ހަނގުރާމައިގެ ޓްރޭނިން ދޭކަން ވެސް ދިވެހި ސަލާމަތީ ބާރުތަކަށް މާބޮޑަށްވެސް އެނގެއެވެ. އެކަން ކުރަނީ ކޮންބައެއް ކަންވެސް އެނގެއެވެ.

އެނގޭ ކިތަންމެ ހުރިނަމަވެސް ދިވެހި ދައުލަތައްވެރު 'އަނދިރި ދައުލަތުގެ' ބާރު މިއަދު މާގަދައެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޕްރިޓީ

    ތަންދޮރު ނޭންގޭ ބީތާއިން ލިޔާ ލިޔުންތަކަށް ޝަހީދެއްގެ ފޮޓޯ ލާކަށް ނުޖެހެ! ތި ފޮޓޯ މި ހަބަރުން ޑިލީޓް ކުރޭ

  2. ޙަސަން

    ތިލިއުން ކަމަކުނުދޭ، ތީވަކިކޮޅަކަށް ބުރަވެ ލިއެފައިން ލިއުމެއް،

  3. އަންދަލުސް

    މިލިއުނު ބުރާންޗައް އަންދަލުސްއާ ބެހޭގޮތުން ފިލާވަޅެއް ނަގާދޭނީ ކާކު؟ މިނިކާވަގު ކޮއްޓަކައް ބަކަރިއެއް ވަދެ، މިތާއުޅެނީ ހުސް މިނިކާވަގޭ ކިއުމައްވުރެ ބަކަރި ކޮއްޓަކައްވަދެ އަނގަތަޅާ…

    4
    8
  4. ކަލޭ ތިއުޅެނީ

    އިސްލާމްދީން މިފަސްގަނޑުން ފޮހެލެވޭތޯތަ؟ ކަލޭ ދިޔައިންތަ ތިބުނާ ފަޅު ރަށަކަށް ގޮސް ޓްރެއިންނިން ހަދާދަތަން ދުށިންތަ؟ ކަލޭ ތިއީ ސަކިންދާ ޓްރެއިން ކުރާ ކުއްޖެއް ދޯ.

    6
    7
  5. އަސަދުﷲ މުޙައްމަދު

    ތި އަނދިރި ދައުލަތް ތަކާއި އެއްވަރަށް ސެކިއުލާރ ބައިގަނޑު ގެ ވާހަކަވެސް ލިޔެލި ނަމަ ސަޅިވީސް..

    9
    4